މާދަމާ އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމުމަށް މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
ނަމަވެސް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް ނަޝީދުގެ ޖަލްސާ ވަނީ ވަކި ހިސާބަކުން ކުއްލިއަކަށް ހުއްޓާލާފަ އެވެ. އެ ޖަލްސާގައި އެންމެ ފުރަތަމަވެސް ވާހަކަ ދައްކަވަން އަރާ ވަޑައިގެންނެވީ ރައީސް ނަޝީދެވެ. އެމަނިކުފާނުގެ ވާހަކަފުޅަށްފަހު ޖަލްސާ ކުރުކޮށްލައި ސެކިއުރިޓީ ޓީމާއެކު، ވަގުތުން އެ ސަރަހައްދު ދޫކުރައްވައި ރައީސް ނަޝީދު ވަނީ ވަޑައިގެންފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރުކޮށްލީ ސަލާމަތީ ނުރައްކަލެއް އޮތްކަމަށް ޝައްކު ކުރެވިގެންނެވެ. ނަމަވެސް ޖަލްސާ ކުރުކޮށް ރައީސް ނަޝީދު ވަޑައިގެންނެވީ ސަލާމަތީ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ފުލުހުން ބުނެ އެވެ.
ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ނިންމަން މިއަދު ހަވީރު ހިނގާލުމެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ