މާލެ ސިޓީ ކައުންސިލުގެ މެމްބަރު ޝަމްނާޒް ވެސް އިސްތިއުފާ ދެއްވައިފި

މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޛާ ޝަމްނާޒް ޢަލީ ސަލީމް އިސްތިއުފާ ދެއްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްނާޒް އިސްތިއުފާ ދެއްވީ، މުލީއާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު ފުރުއްވުމަށެވެ. އޭނާ މެމްބަރުކަމުން އިސްތިއުފާ ދެއްވީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އޭރު މާލޭގެ މޭޔަރުކަމުގައި ހުންނެވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއެވެ. ތިރީގައި މި ވަނީ، ޝަމްނާޒް އެމަނިކުފާނަށް ފޮނުއްވި އިސްތިއުފާގެ ސިޓީއެވެ.
ސިޓީ ކައުންސިލުގެ އިތުރު ދެ މެމްބަރަކު ވެސް މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވިއެވެ.
އިސްތިއުފާދެއްވާފައި ވަނީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ނާސިރެވެ. ރައީސް މުޢިއްޒުއާއި އަރިސް މި ދެބޭފުޅުން ވަނީ ރައީސް އޮފީހުގެ މިނިސްޓަރުންގެ މަޤާމަށް އައްޔަނު ކުރައްވައިފައެވެ.
އައު ސަރުކާރުގެ އެކި މަޤާމުތައް ބޭފުޅުން އައްޔަނު ކުރައްވަމުން އަންނައިރު، މި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު 700އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށާއި، އެއީ ބަޖެޓަށް ރިޢާޔަތްކުރެއްވުމަށްފަހުގައި ނިންމެވި ނިންމެވުމެއް ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ