މޫސުން ވަރަށް ގޯސް: އައްޑޫ އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް

މޫސުން ވަރަށް ގޯސްވެ، އައްޑޫ ސިޓީ އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް ނެރެފައިވާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް އައްޑޫ އާއި ފުވައްމުލަކަށް މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން 3:20 އާ ހަމައަށް އޮރެންޖް އެލާޓް ނެރެފައިވާ ކަމަށެވެ.
މީގެއިތުރުން ޑިޒާސްޓާ މެނޭޖްމަންޓް އިން ވަނީ އައްޑޫ އާއި ފުވައްމުލަކަށް ނެރެފައިވާ އޮރެންޖް އެލާޓާއެކު މޫސުމަށް ސަމާލުވެ، މުދަލަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.
އިރުވައި މޫސުމާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މިގޮތުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ