ކުރީގެ ޕީޖީ މުހުތާޒް މުހުސިނާއި ގުޅިގެން ސައްހަނޫން ކޯޓު އަމުރެއް ނެރެ ރައީސް ޔާމީން ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
ނިހާނުގެ މައްޗަށް 4 ދައުވާއެއް އުފުލާފައިވާއިރު، މިއަދު އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ބައިވެރިވިކަމުގެ ދައުވާގެ ހުކުމެވެ.
ނިހާނުގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކުގެ ތެރޭގައި، ސައްހަނޫން އެއްޗެއް އަސްލު އެއްޗެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތެއް ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ އަދި ރަސްމީ ވާޖިބު އަދާކުރުމުގައި ކޮށްގެން ނުވާނެ އަމަލެއް ހިންގުން ހިމެނެއެވެ.
އެމައްސަލައާއި ގުޅިގެން ކުރީގެ ޕީޖީ މުހުތާޒަށްވެސްވަނީ 17 އަހަރުގެ ޖަލުހުކުމެއް ކޮށްފައެވެ. އެދެމީހުންގެ މައްޗަށް ހުކުމް އިއްވާފައިވަނި ޓެރަރިޒަމްގެ އާ ގާނޫނުގައި އެކުށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ ހުކުމެވެ.
ގާޒީ ނިހާނަށްވެސް 17 އަހަރުގެ ޖަލު ހުކުމެއް..!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ