ކޮރަޕްޝަނާއި, ފަސާދަ އަދި ރައްޔިތުންނަށް އަނިޔާވެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އޮއްވާ ރައްޔިތުންގެ ރުހުން ލިބުމަކީ ދުރުކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ އިދިކޮޅު ފަރާތްތައް ކިހިލިޖަހާލައިގެންކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކް އިހަކަށްރޭ ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވާ އަބްދުﷲ ރިޔާޒު އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަނިޔާވެރިކަމާއި ކޮރަޕްޝަން އަދި ދައުލަތުގެ ފައިސާއިން ވައްކަންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް އޮއްވާ ރައްޔިތުންގެ ރުހުން ލިބުމަކީ ދުރުކަމެއްކަމަށެވެ.
ރިޔާޒު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީން އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުންކަމަށާ ރައީސް ޔާމީން އިންތިހާބު ކާމިޔާބުކުރާނީ އިދިކޮޅު ފަރާތްތައް ކިހިލިޖައިގެންކަމަށެވެ. އަދި 2018 ވަނަ އަހަރު ރައީސް އަބުދުﷲ ޔާމީން ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް އިދިކޮޅު ޕާޓީގެ މެންބަރުންވެސް ވޯޓް ދޭނެކަމަށް ނިޙާން ވަނީ ވިދާޅުވެފައެވެ.
ކޮރަޕްޝަން އަދި ދައުލަތުގެ ފައިސާއިން ވައްކަންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް އޮއްވާ ރައްޔިތުންގެ ރުހުން ލިބުމަކީ ދުރުކަމެއްކަމަށް ރިޔާޒު ވިދާޅުވިއިރު، ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތައް ހިނގާފައިވަނި މިސަރުކާރުގެ ތެރެއިންނެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ބަލަމުން ގެންދާއިރު، މިކަމުގައި ޝާމިލްވާ ފަރާތްތަކަށް އަދަބު ދެއްވާނެކަމަށް ރައީސް ޔާމީން ގެންދަވަނީ ވިދާޅުވަމުންނެވެ.
ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުކުރެވޭއިރު ރައްޔިތުންގެ ރުހުންލިބުން ދުރު - އަބްދުﷲ ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ