މައުމޫން ފެކްޝަންގެ ޖަލްސާ ބާއްވާ ސަރަހައްދުގައި އެމްޑީޕީން ވެސް ހަރަކާތެއް ބާއްވަނިީ

ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީގެ ރައީސް މައުމޫން ފެކްޝަން އިން ބާއްވާ ޖަލްސާ އާއި ދިމާކޮށް އެމްޑީޕީން ވެސް އެސަރަހައްދުގައި ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމްގެ އަހަރީ ދުވަސް ފާހަަގަކުުރުމަށް ރައީސް މައުމޫން ފެކްޝަން އިން ބާއްވާ ޖަލްސާ މިރޭ 9:00 ޖާހާއިރު ޕީޕީއެމް އޮފީސް ހ. ތެމާގައި ބާއްވާއިރު އެމްޑީޕީ އިން މިރޭ ބާއްވަން ހަމަޖެހިފައި ވަނީ "ސިޔާސީ ޕާޓީތައް ނިޒާމުގެ ދިފާއުގައި ބާއްވާ ބޮނޑިބަތް ކެއުން"ގެ ނަމުގައި ހަރަކާތެކެވެ.
އެމްޑީީޕީގެ "ސިޔާސީ ޕާޓީތައް ނިޒާމުގެ ދިފާއުގައި ބާއްވާ ބޮނޑިބަތް" ކެއުން މި ހަރަކާތް އޮންނާނީ އެޕާޓިގެ ހަރުގޭގައެވެ. އެމްޑީޕީގެ ހަރަކާތް ހަރުގޭގައި ބާއްވާ އިރު ޕީޕީއެމް އޮފީސް ވެސް ހުރީ އެހަރުގެއާ މާ ދުރު ނޫން ހިސާބެއްގައި ކަން ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ