ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަށް ބީއޭއެމްއާ މުލަކު ސްކޫލް އެއްބަސްވުމެއްގައި ސޮއިކޮށްފި

ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އާއި މ. މުލަކު ސްކޫލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއި ކުރުން އޮތީ މިކަމަށްޓަކާ މުލަކު ސްކޫލް ހޯލްގައި އިއްޔެ ރޭ ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.
މި އެއްބަސްވުމުގައި ވާ ގޮތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ސްކޫލާއި ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން ފެންވަރު ރަނގަޅު ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަށް މަސައްކަތްތައް ކުރެވިގެން ދިއުމަށް ވަނީ ނިންމާފައެވެ.
މުލަކު ސުކޫލުން ބުނީ، އެއްބަސްވުމުގެ ދަށުން ތަމްރީން ވުމަށް މިހާރުވެސް މުލަކު ސްކޫލްގައި 31 ދަރިވަރަކު ތިބިކަން އެސްކޫލުން ފާހަގަކުރާ އިރު މި އެއްބަސްވުމުގެ ސަބަބުން މިއަދަދު އިތުރު ވެގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެސުކޫލްގެ ދަރިވަރުންނަށް އެކުޅިވަރުގެ ތަމްރީނުތަކުގެ އިތުރުން، ކުޅިވަރުގެ ތަފާތު ފުރުސަތުތައްވެސް ހުޅުވިގެން ދާނެކަމުގެ އުންމީދު ބޮޑު ކަމަށް މުލަކު ސުކޫލުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ