ނަޝީދުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ، އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
މި އަޑުއެހުން އޮންނާނީ މިއަދު މެންދުރު 15:00 ގައި ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. ނަމަވެސް މިއަދު ބާއްވަނީ، މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ އަޑުއެހުމެއް ކަމެއް ނުވަތަ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމެއް ކަމެއް އެނގިފައެއް ނުވެއެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މިވަގުތު ހުންނެވީ، ބޭސްފަރުވާއަކަށް އިނގިރޭސިވިލާތުގައެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ދިވެހި ސަރުކާރުން ހުއްދަ ދެއްވުމާ އެކުއެވެ.
ރައީސް ނަޝީދުގެ ބޭސްފަރުވާއަށް އިނގިރޭސިވިލާތުގައި ހުންނެވުމުގެ ހުއްދަ ދީފައިވަނީ 30 ދުވަހަށެވެ. ނަމަވެސް ސަރުކާރުން ވަނީ ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދޭން އެދިވަޑައިގެންފިނަމަ އެކަން ކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ