ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވާނީ ޕްރަމަރީއަކުން: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީ އިން ވާދަކުރުމަށް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ އެމްޑީޕީގެ ފަރާތުން ނިކުންނާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ އެ ޕާޓީ އިން ބާއްވާ ޕްރައިމަރީ އިންތިހާބަކުން ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑިޕީގެ ސުޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވީ ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑިޕީން ކުރިމަތި ލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އިންތި ވިދާޅުވި ތިމަރަފުށީ ބައި އިލެކްޝުގައި ޕްރައިމަރީ ބާއްވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށާއި އެ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތަތަކުން މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ އޮފީހަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ތިމަރަފުށި ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި އަލުން ކުރިމަތި ލައްވާނެ ކަމަށް ކުރިން އެ ގޮނޑި ފުރުއްވަމުން އައިސްފައިވާ މުސްތަފާ ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި އެ ގޮނޑި އަލުން ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.
ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން އިއުލާން ކޮށްފައި ވަނީ އެ ދާއިރާގެ ކުރީގެ މެންބަރުގެ މުސްތަފާގެ ސާބިތު ދަރަންޏެއް އޮތުމުން ރައްޔިތުން މަޖިލީހުގެ މެބަރުކަމުން އޭނާ ވަކިވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ