ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، ރޯދަ އިނާޔަތެއްގެ ގޮތުގައި، ލ. ދަނބިދޫ ކޮންމެ ގެއެއްގެ ކަރަންޓް ބިލްގެ 50 ޕަސެންޓް ކައުސިލުން ދައްކަދޭން ނިންމައިފިއެވެ.
އޭގެ އިތުރުން މަސްދަޅު ކޭސްވެސް ކޮންމެ ގެއަކަށް ބަހާފައިވާ އިރު، އެކަން ނިންމާފައި ވަނީ ދަނބިދޫ ކައުންސިލްގެ 2019 ވަނަ އަހަރުގެ 15 ވަނަ ޖަލްސާގައެވެ.
ރަމަޟާމް މަހާ ދިމާކޮށް، ގިނަ ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ އިނާޔަތްތައް ދެމުންނެވެ. އެގޮތުން އދ. މާމިގިލީ ކައުންސިލުން، އެރަށު ކޮންމެ ގެޔަކަށް ފިޔާ ބަސްތާއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މާމިގިލީ ކައުންސިލްގެ އިތުރުން އެކިއެކި ކައުންސިލްތަކުންވެސް ދަނީ ރަމަޟާން މަހަށް ހާއްސަކޮށްގެން އިނާޔަތްތައް ދެމުންނެވެ. އެގޮތުން ރ. އުނގޫފާރު ކައުންސިލުން ވަނީ އެރަށު ގޭގޭގެ ކަރަންޓް ބިލް، ރަމަޟާން މަހަށް ހިލޭ ކޮށްދީފައެވެ.
މީގެ ކުރިންވެސް ރަމަޟާން މަހާ ދިމާކޮށް، އާންމުނަށް ގިނަ ކައުންސިލްތަކަކުން އިނާޔަތްތައް ދެމުންދެއެވެ. އެގޮތުން ފިޔާ ފަދަ އެއްޗެއްސަކީ އާންމުކޮށް، ކޮންމެ ގޭބިސީއަކަށްވެސް ރޯދައަށް ބޭނުންވާނެ ތަކެއްޗެވެ. އޭޣޭ އިތުރުން ބައެއް ކައުންސިލްތަކުން ބިސް، އަލުވި އަދި ކާޑުގެ ބާވަތްތައްވެސް ރޯދަ އިނާޔަތުގެ ގޮތުގައި ދެއެވެ.
ދަނބިދޫ ކައުންސިލްގެ ރޯދަ ހަދިޔާ، ކޮންމެ ގެއެއްގެ ކަރަންޓް ބިލްގެ 50 ޕަސެންޓް ހިލޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ