"ކޮބާ ނުވިއެއްނު" ޝިއާރާއެކު އިދިކޮޅު އެއްވުމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ކޮންގްރެސް ޕާޓީ އާއި ޕީޕީއެމުން ބާއްވާ ސިޔާސީ އެއްވުން "ކޮބާ ނުވިއެއްނު" އެ ނަމުގައި ބާއްވަން އެ ދެ ޕާޓީން ތައްޔާރީތައްވާން ފަށައިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަންގައި ރައީސް ޔާމީނަށް ނިސްބަތްވާ ދެ ޕާޓީގެ ތެރެއިން ކޮންގްރެސްގެ ރައީސް އަބުއް ރަހީމް އަބްދުﷲ (އަދުރޭ (ވިދާޅުވީ) އެ ޖަލްސާ ބާއްވާނީ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ރޭ އަލިމަސް ކާނިވަކުގައި ކަމަށެވެ.
"އެ އެއްވުމަށް އަޅުގަނޑުމެން މިދަނީ ތައްރާުވަމުން، އަޅުގަނޑުމެނާއެކު ބައިވެރިވި މީހަކާއެކު އިރާދަކުރެއްވިއްޔާ އެއްވުން ކުރިޔަށް ގެންދާނަން އަދި ދައްކާ ބިރަށް ފަސްޖެހިވަޑައި ނުގެން އެ އެއްވުމުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންވާނެ،" އަދުރޭ ވިދާޅުވި އެވެ.
ކޮންގްރެސްގެ ނައިބު ރައީސް ޝުޖާއުގެ ޓްވީޓް
ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި ޕްރޮގްރެސްވި ކޯލިޝަންގެ "ކޮބާ ނުވިއެއްނު" އެއްވުން އޯގަސްޓް ފުރަތަމަ ދުވަހުގެ ރޭ 8:30 ފަ ފަށާނެ ކަމަށާއި އެ ރޭގެ ރެލީއަށް ފަހު އަތޮޅުތަކުގެ ރަށްތަކުގައި ވެސް އެ ދެ ޕާޓީގެ އިތުރު ރެލީތައް ބާއްވާނެ ކަމަށެވެ.
ދާދި ފަހުން ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގުޅިގެން ވަނީ "ފޭރުމާ ދެކޮޅަށް" ނަމުގައި ރެލީއެއް ބާއްވާފަ އެވެ. އެ ރެލީގައި ވެސް އިދިކޮޅު ލީޑަރު، ރައީސް ޔާމީން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ