ހުރިހާ ޖަނަރޭޓަރެއް ހަލާކުވެ، ފީވަކުން ކަރަންޓް ކެނޑިއްޖެ

ށ.އަތޮޅު ފީވަކަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރުތައް ހަލާކުވެ، މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ.
ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާޢު މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަމަޞާން މަސް ފެށުނު ފަހުން ކޮންމެ ރެޔަކު ވެސް އެތައް ފަހަރަކު ކަރަންޓް ކެނޑެމުން އަންނަ ކަމަށެވެ.
"ރަމަޞާން މަސް އެއްކޮށް މިދަނީ މިފަދަ ގޮތަކަށް. މިއަދު ހެނދުނުން ފެށިގެން އެތައް ފަހަރަކު ކަރަންޓް ކެނޑުމަށް ފަހު މިހާރު މިއޮތީ ދެން އެއްކޮށް ކަރަންޓް ގޮސްފައި. ދެން ކަރަންޓް ލިބޭނެ ދުވަހެއް ވެސް ނޭނގޭ. ސަބަބަކީ މިހާރު ރަނިން ކޮންޑިޝަންގައި އެއްވެސް ޖަނަރޭޓަރެއް ނެތުމުން." ސުޖާޢު ވިދާޅުވިއެވެ.
ސުޖާޢު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ފީވަކަށް އާޖަނަރޭޓަރެއް ގެންނާނެ ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް އަދި މިހާތަނަށް ޖަނަރޭޓަރެއް އެރަށަށް ގެނެސްފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް މަސައްކަތް ކޮށްފިން ފެނަކަައިގެ އިސް ބޭފުޅުންނާއި، އަދި ސަރުކާރުގެ އިސް ބޭފުޅުންނާއި ވެސް ފޯނުން ގުޅޭތޯ. އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވާ" ސުޖާއު ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ