ވޭތުވެދިޔަ ތަނުގައި ދާއިރާގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައި ދާއިރާގެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު މައްސަލަ ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮޑި ނުގެއްލޭ ކަމަށް މިއަދު ސްޕްރީމް ކޯޓުން ހުކުމް ކުރި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވައްޑޭ ވިދާޅުވީ ކުރިއަށް އޮ ތްތަނުގައި ތުލުސްދޫ ދާއިރާގެ މެންބަރުންގެ ހައްގުގައި މަސައްކަތްތައް ފަށާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމުން، އަދުލް އިންސާފަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގެ ނަތީޖާ ހާމަވެގެންދާ ކަމަށެވެ.
" މިއީ ދާއިރާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް. ގޮނޑި ގެއްލުވާލި ކަމަށް އަންގާ މަޖިލީހަށް ނުވަދެވޭ ގޮތް ހަދާ، ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވެސް ހުރަސް އެޅި. މިމަގާމުން ދުރުކޮށް އަނިޔާވެރިވި ފަރާތަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގޭ" ވައްޑޭ ވިދާޅުވިއެވެ.
ވައްޑޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މިއަދު ނެގި ކަމުގައިވީ ނަމަވެސް އެންމެ ފުރަތަމަ ސޮއި ކުރާނެ މެންބަރަކަށް އޭނާ ވާނެ ކަމަށެވެ. އަދި ހަތަރު އަހަރު ވަންދެން ދާއިރާއަށް އެރިއަ ނުދީ ހިފެހެއްޓިއްޖެ ކަމަށް ވިދާޅުވެ ވައްޑޭ ވަނީ ކުރިއަށް އޮތް ތަނުގައި ދާއިރާއަށް ވެސް އަރާނެ ކަމަށާއި ރައީސް ޔާމީނަކަށް ނުވެސް ހިފެހެއްޓޭނެ ކަމަށް ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ވައްޑެގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީ ވައްޑެ މިދިޔަ އަހަރުގެ 28 މާޗްގައި ޕީޕީއެމް އިން ވައްޑެ ވަކިކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ދަށުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ ވައްޑެއަށް ކަމަށެވެ. ޕީޕީއެމް އަށް އެމައްސަލަ އިސްތިއުނާފް ކޮށް އަލުން އޭނާ ޕާޓީ އިން ވަކިނުކުރާ ކަމަށް ނުނިންމޭނެ ކަމަށް ކޯޓުގެ ޙުކުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ޙުކުގައި ވިދާޅުވީ ވައްޑެ ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައި ނުވާތީ އުނިކޮށްދިނުން އެދި 10 ޖުލައި 2017 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ސިޓީއަކުން އެދިފައިވާ ކަމަށެވެ. އަދި 11 ޖުލައި 2017 ވަނަ ދުވަހު މެންބަރު ކަމުން ވަކިކޮށްދިނުމަށް އެދި ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ޕާޓީ އިން ވަކިކޮށްދީފައި ނުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަތިކޮށްފައިވާ ކަންކަން ނުކުރެއްވުން ކަމަށް ޙުކުގައި ވެއެވެ.
ދާއިރާގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާނަން - ވައްޑޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ