ޝަރުތު ހަމަވާނަމަ ވަޒީރުންނަށް ރުހުން ނޫދޭންވީ ސަބަބެއް ނެތް: މެމްބަރު އަބްދުﷲ ރިޔާޒު

ޝަރުތު ހަމަވާނަމަ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ނުދޭންވީ ސަބަބެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާ ވަޒީރެއްގެ ހަމަވާނަމަ އެބޭފުޅަކަށް ރުހުން ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.
"ވަޒީރަކަށް އަންޔަން ކުރަނީ އެމަގާމު އަދާކުރެވޭނެކަމަށް ރައީސް ގަބޫލުކުރައްވާ ބޭފުޅުން. އަންޔަން ކުރުމަށްފަހު މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ އެވަޒީރެއްގެ ނޯ ކޮންފިޑެންސް މަޖިލީހަށް ނެގިދާނެ" ރިޔާޒު ވިދާޅުވިއެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒު މިގޮތަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ވަޒީރުންގެ މަޖިލީހަށް އަންޔަން ކުރައްވާފައިވާ މެމްބަރުންނަށް ރުހުން ނުދިނުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
ޖޭޕީގެ ފަރާތުން އަންޔަން ކޮށްފައިވާ މިނިސްޓަރުންގެ ތެރެއިން މިނިސްޓަރު އަބްދުﷲ އަމީންއާއި، މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި، މިނިސްޓަރު އަލީ ވަހީދުގެ އިތުރަށް މިނިސްޓަރު އައިޝަތު ނަހުލާއަށް މަޖިލީހުން ރުހުން ނުދިނުމަށް ސޯޝަލް މީޑިއާގައި ދަނީ ކެމްޕޭނެއް ކުރެވެމުންނެވެ. އެގޮތުން މި ބޭފުޅުންނަކީ ގާބިލް ބޭފުޅުން ނޫން ކަމަށާއި، އެބޭފުޅުންގެ ވުޒާރާގެ މަސްއޫލިއްޔަތުގެ ގޮތުން މަސްލަހަތު ފުށޫ އަރާކަމަށްވެސް ދަނީ ބުނަމުންނެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެންނެވީ އެމްޑީޕީއަށް ސަރުކާރުގެ 40 ޕަސެންޓު، ޖޭޕީއަށް 25 ޕަސެންޓް އަދި ރައީސް މައުމޫނަށް ޕަސެންޓާއި އަދާލަތަށް 15 ޕަސެންޓް ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ