ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އައިޖީއެމް ހޮސްޕިޓަލަށާއި އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ބަލިމީހުންގެ ހާލު ބައްލަވާލައްވައިފިއެވެ.
މިނިސްޓަރ އަމީން އައިޖީއެމްއެޗާއި އޭޑީކޭ އަށް ވަޑައިގެން އެތަނުގައި އެނދުމަތި ކުރެވިގެން ފަރުވާ ދެމުންދާ މީހުންނާއި އެހެނިހެން ބަލި މީހުންނާ ބައްދަލު ކުރައްވާ އެފަރާތްތަކުގެ ހާލު އަހުވާލު ވަނީ އޮޅުންފިލުވާފައެވެ. އަދި ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކަށް އެމަނިކުފާނު ވަނީ ހިތްވަރު ދެއްވައި ހެޔޮ އެދިވަޑައިގަންނަވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ހޮސްޕިޓަލްތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުރާ މަސައްކަތަށް ހިތްވަރު ދެއްވާފައެވެ.
މިއީ އެމަނިކުފާނު ވަޒީރު ކަމާއި ހަވާލުވެވަޑައިގަތްފަހުން ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ. މިނިސްޓަރކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އަމީން ވަނީ ސިއްހީ ދާއިރާގެ އެކިއެކި ފަރާތްތަކާއި މިނިސްޓްރީގައި ބައްދަލުކުރައްވައި، ބައެއް ރަށްރަށުގައި ހިންގާ ހޮސްޕިޓަލްތަކުގެ ވެރިންނާއިވެސް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ