މަޖިލިސް ކާމިޔާބު ކުރުމަށް ކޯލިޝަން އިހްލާސްތެރި ނިޔަތެއްގައި ތިބުން މުހިއްމު: އަބްދުﷲ ރިޔާޒު

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކޯލިޝަނަށް ކާމިޔާބު ކުރުމަށް، ކޯލިޝަންގެ މެމްބަރުން އިލްހާސްތެރި ނިޔަތެއްގައި ތިބުން މުހިއްމު ކަމަށް ޖޮއިންޓް ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަނުން ރިޔާސީ އިންތިހާބަށް ކުރި މަސައްކަތުން ކާމިޔާބު ލިބުނު ކަމަށެވެ. އަދި މަޖިލިސް އިންތިހާބު ކޯލިޝަން ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް ކޯލިޝަން އެކުގައި އިހްލާތެރި ނިޔަތެއްގައި ތިބުން މުހިއްމު ކަމަށް ރިޔާޒު ވިދާޅުވިއެވެ. Coalition ekugai masahkaiy kurumah 18/19 committee eh hadhaa ekugai kuriyah dhiyumah ebbasvegen kurimasahkathun riyaasee inthikhaabu kaamiyaabu kurevunu. Majlis inthikhaabu coalition sarukaarah kaamiyaabu kohdhinumah coalition ekugai ikhulaastheri niyathehgai thibun muhimmu! https://t.co/YAprXApRSa— Abdulla Riyaz MP (@riyazabdulla) December 20, 2018
ރިޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލެއްވީ 280 ކެންޑިޑޭޓުން ކަމަށް ބުނާ ހަބަރު ޓްވީޓް ކުރައްވައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން 87 ދާއިރާއަށް ވާދަ ކުރަން ނިންމައި އެދާިއރާތަކުގެ ޕްރައިމަރީ ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޯލިޝަންގެ ތެރޭގައި މަޖިލިސް އިންތިހާބަށް އެއްކޮށް ވާދަކުރުމަށް ދެއްކި ވާހަކަތައް ނާކާމިޔާބުވެ، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރީ 87 ދާއިރާއަށް ކުރިމަތިލުމަށެވެ. އެހެން ނަމަވެސް ކޯލިޝަނުގެ ހަތަރު ލީޑަރުންގެ މެދުގައި މިއަދުވެސް މިކަމާއި ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ