ހަކަތައިގެ ސިޔާސަތާއި ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ގޮތުގެ މައުލޫމާތު ހިމެނޭ ފޮތް ނެރެފި

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓު ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިއްމު މައުލޫމާތުތަކެއް އެކުލެވިގެންވާ ފޮތެއް ނެރެފި އެވެ.
"އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2016" ނަމުން ނަން ދެވިފައިވާ މިފޮތް ނެރެދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.
މީގެކުރިން "މޯލްޑިވްސް އެނާޖީ އައުޓްލުކް ފޯ އިންހެބިޓަޑް އައިލެންޑްސް 2013" ނަމުގައި މި ސިލްސިލާގެ ފުރަތަމަ ފޮތް ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީން ނެރެފަ އެވެ.
މިއަދު ނެރުނު އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ 2016 ގެ ތަފާސްހިސާބު ދައްކާގޮތުން 2015 ވަނަ އަހަރުގެތެރޭގައި 506,334 މެޓްރިކް ޓަނުގެ ތެޔޮވަނީ ރާއްޖެއަށް އެތެރެކުރެވިފައެވެ. މީގެ އިތުރުން 2015 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމްލަ ބޭނުންކޮށްފައިވަނީ 551 ގިގަވޮޓްއަވަރގެ ކަރަންޓު ހަކަތައެވެ. މިއަދަދުގެ 56 އިންސައްތަ ބޭނުންކޮށްފައިވަނީ އެއަހަރު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ މާލޭ ސިޓީގައެވެ. ވޭތުވެދިޔަ 10 އަހަރުގެތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި ކުރެވިފައިވާ ދިރާސާތަކުގެ މަޢުލޫމާތު ވެސް މިފޮތުގައި ހިމެނިފައިވެއެވެ.
"މޯލްޑިވްސް އެނަރޖީ ޕޮލިސީ އެންޑް ސްޓްރެޓަޖީ 2016" އަކީ ހަކަތައިގެ މައިގަނޑު 5 ސިޔާސަތާއި މި ސިޔާސަތުތަށް ތަންފީޒުކުރާނެގޮތުގެ ސްޓްރަޓެޖީތަށް އެކުލެވިފައިވާ ފޮތެކެވެ. މިގޮތުން އާއްމުކުރެވުނު ހަކަތައިގެ ސިޔާސަތު ހިމެނެނީ؛ ހަކަތައިގެ ދާއިރާގެ މުއައްސަސާތަކުގެ އޮނިގަނޑު ވަރުގަދަކޮށް ހިންގުން ހަރުދަނާކުރުމާއި، ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ހަކަތައިގެ އިސްރާފު ކުޑަކުރުމަށް ބާރުއެޅުމާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމާއި، ދެމެހެއްތެނިވި ގޮތެއްގައި އިތުބާރާއެކު އެންމެނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ގައުމީ ހަކަތައިގެ ޔަގީންކަން ދަމަހައްޓައި އިތުރުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ