ކަނދޮޅުދޫ އަހުމަދު ވަހީދު އަވަހާރަވެއްޖެ

ޓޫރިޒަމް ދާއިރާއަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކަނދޮޅުދޫ އަހުމަދު ވަހީދު މިއަދު އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ އުމުރުން 72 އަހަރުގައެވެ. އަވަހާރަވީ އޭނާގެ އަމިއްލަގެ ހ. ވަށްފުށީގައެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އަހުމަދު ވަހީދުގެ އާއިލާއިން ބުނި ގޮތުގައި މިއަދު ހެނދުނުވެސް ވަހީދު ރަނގަޅެވެ. ނަމަވެސް ސައި ބައްލަވަން ވަޑައިނުގެން ލަސްވާތީ ބެލިއިރު އޮތީ އަވަހާރަވެފައި ކަމަށް އާއިލާއިން ބުނެއެވެ.
އަހުމަދު ވަހީދު ގެންދެވީ ގަވާއިދުން ޑޮކްޓަރަށް ދައްކައި ޗެކަޕް ހަދަމުން ކަމަށާއި ބޮޑު ބައްޔެއްގައި ފަރުވާ ހޯއްދަވަމުން ނުގެންދަވާ ކަމަށް އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.
ކުރުނބާ ވިލެޖް ހެދުމުގައި ވަހީދު ވަނީ އިސްކޮަށް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ