ސުޕްރީމް ކޯޓުގެ ހުކުމްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި - ޖޭޕީ
ސުޕްރީމް ކޯޓުގެ ހުކުމްގައި ހިމެނޭ ސޯޅަ ނުކުތާ ތަންފީޒު ކުރުމުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި، ނަމަވެސް އިލެކްޝަން ކޮމިޝަނުން ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރާނަމަ ނަވާރަވަނަ ދުވަހު އިންތިހާބު ބާއްވަން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓިގެ ނައިބު ލީޑަރ އަހްމަދު އިލްހާމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ.ކުނޫޒްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ނަވާރަވަނަ ދުވަހު ބާއްވާ އިންތިހާބަށްފަހު ޖުމްހޫރީ ޕާޓީން އެހެން ކެނޑިޑޭޓަކާއި އެކު ކޯލިޝަން ހަދަން ޖެހޭނަމަ އެކަންކުރާނެ ގޮތަކާމެދު އަދި ގޮތެއް ނުނިންމާ ކަމަށާއި، އެފަދަ ކަމެއް ކުރަންޏާ ކުރާނީ ވަރަށް ފުޅާކޮށް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި ސަތޭކަ އަހަރު ވީ ދެ އާއިލާއެއްގެ ތަޅާފޮޅުމުގެ ސަބަބުން ގައުމު ބިނާ ކުރުމުގައި ހުރި ދަތިތައް ނައްތާލުމަށް މިދަނޑިވަޅުގައި ބޭނުންވަނީ ގާސިމް އިބްރާހިމް ފަދަ ވަކި ފަރުދެއް ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން ގައުމު ސަލާމަތްކުރުމަށް އޮތް ހަމައެކަނި ޗޮއިސްއަކީ ގާސިމް ކަމަށް އިލްހާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ