އެއްވުމުން ހައްޔަރުކުރި، މެމްބަރު އަބްދުﷲ އާއި މެމްބަރު އަމީތު ދޫކޮށްލައިފި

ހޯމަ ދުވަހުގެރޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ދޫކޮށްލައިފިއެވެ.
މެމްބަރު އަބްދުﷲ އާއި އަމީތުގެ އިތުރުން އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދާއި، ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ވަލީދާ ވަލީދު ވަނީ ދޫކޮށްލާފައެވެ. އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ އެއްވުމުގެ ތެރެއިންނެވެ. އޭގެ ތެރެއިން މެމްބަރު އަބްދުﷲ ހައްޔަރުކޮށްފައި ވަނީ މީޑިއާއަށް މައުލޫމާތު ދެއްވަމުން ގެންދަވަނިކޮށް މަޖީދީމަގުންނެވެ. 
އެ ހަތަރު މީހުން ވެސް ދޫކޮށްލައިފައި ވަނީ ހައްޔަރުކުރިތާ 24 ގަޑިއިރު ނުވަނީހެވެ. އެހެންވެ އެއިން އެއްވެސް މީހަކު ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ. އަދި ދޫކޮށްލުމާ އެކު، އެ މީހުން ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނޫން ކަން ވެސް ވަނީ އެނގިގެން ގޮސްފައެވެ. 
ކޮންމެ ރެއެއްގައި ވެސް ގުޅިފައިވާ ޕާޓީތަކުގެ އެއްވުނތަކުގެ ތެރެއިން ގިނަ ބަޔަކު ފުލުހުން ގެންދަނީ ހަޔައްރުކުރަމުންނެވެ. އެގޮތުން މިރޭ ވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވަނީ ހައްޔަރުކޮށްފައެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ