ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 87 މީހުން!

ދިވެހިރާއްޖެއިން އިތުރު 87 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 87 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 30 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 13 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 41 މީހެއްގެ އިތުރުން ލިވްއަބޯޑްތަކުން ޕޮޒިޓިވްވި 3 މީހެކެވެ.
މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،426އަށް އަރާފައެވެ. މީގެ ތެރެއިން 68 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،505އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ