މުސްލިމު ގައުމުތަކާއި ގުޅުން ކަނޑާލުމަކީ ދެރަކަމެއް: މައުމޫން

ސައްތައިން ސައްތަ މުސްލިމުން ހިމެނޭ ދިވެހިރާއްޖެއިން ފަހަރަކު މުސްލިމު ގައުމަކާއި ގުޅުން ކަނޑާލަމުންދާ ދިއުމަކީ ވަރަށް ދެރަކަމެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ދިވެހިރާއްޖެއިން ގަތަރާއެކު ބާއްވަމުންއައި ގުޅުން ކަނޑާލުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުންފާޅު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ސައްތައިން ސައްތަ މުސްލިމުން ހިމެނޭ ދިވެހިރާއްޖެއިން ފަހަރަކު މުސްލިމު ގައުމަކާއި ގުޅުން ކަނޑާލަމުންދާ ދިއުމަކީ ވަރަށް ދެރަކަމެއްކަމަށެވެ. ރައީސް މައުމޫން ވަނީ މިދިޔަ އަހަރު ރާއްޖެއިން އިރާނާ ގުޅުން ކަނޑާލާ މިއަހަރު ގަތަރާއި ގުޅުން ކަނޑާލިކަން ފާހަގަކުރައްވާފައެވެ.
ސައްތައިން ސައްތަ މުސްލިމުން ހިމެނޭ ދިވެހިރާއްޖެއިން ފަހަރަކު މުސްލިމު ގައުމަކާއި ގުޅުން ކަނޑާލަމުންދާ ދިއުމަކީ ވަރަށް ދެރަކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއިރު، ގަތަރާއި އޮތް ގުޅުން ސަރުކާރުން ކަނޑާލުމުން ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން ގަތަރާއެކު ބައްވަމުންއައި ގުޅުން ކަނޑާލާފައިވާ ކަމަށެވެ. އަދި އެގުޅުން ކަނޑާލަން ނިންމީ ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތް ކުރަމުން ދާތީ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖެއިން މިދިޔަ އަހަރު އިރާނާ ގުޅުން ކަނޑާލުމުންވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަންވެފައިވަނީ މިނިވަން ސިޔާސަތަކަށްވުރެ ބޮޑަށް ވަކި ގައުމަކުން އަންގާގޮތަކަށް ކަންކަން ކުރުމަށްކަމަށާ މިކަމުގެ ސަބަބުން ދިވެހި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާނެކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ