ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، މަގާމުން އިސްތިއުފާ ދެއްވުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ގޮވާލައްވައިފި އެވެ.
ތޯރިގް މިކަމަށް ގޮވާލާފައިވަނީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓްގައި ތޯރިގް ބުނެފައިވަނީ ސަރުކާރުގެ މެނިފެސްޓޯ ގެ ބެޔަސް ނުބެޔަސް ސިޔާސަތު 3 އަހަރު ފާއިތުވީ އިރުވެސް ކާމިޔާބުވެފައި ނުވާއިރު މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާއިބެހޭ “ރެގިއުލޭޓަރީ ބޮޑީ” އެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރުން އެދުނު އެދުން ކުރިއަށް ނުގެންދިއުމާއި، ބޮޑު ކަންނެލި އެކްޕޯޓް ކުރާ ފަރާތަކާ މިނިސްޓަރު އާ ދެމެދު “ޖާއިޒު ނޫން” ގުޅުންތަކެއް އޮންނަ ކަމަށް ގިނަ އަދަދެއްގެ މަސްވެރިން ދެކޭތީ އާއި، މާލޭގެ ފަޅުން މަސްވެރިންނަށް ދިމާވާ ދަތިކަން ހައްލުކޮށް މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ނުކުރުމާއި، އޮޑިޓް އޮފީހުން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ފިޝަރީޒް މިނިސްޓްރީގެ ފާއިތުވެ ދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތަކުގައި، މާލިއްޔަތު ގަވާއިދާއި އަދި ބެސްޓް ޕްރެކްޓިސް އާއި ހިލާފަށް ހުރި ކަންކަން ރަނގަޅު ކުރަމުން ދާކަމަށް އޮޑިޓް ރިޕޯޓްތަކުން ނުފެންނާތީ އާއި އަދިވެސް މަސްވެރިކަމުގެ ސިނާއތުގެ މަސައްކަތްކުރާ ރައްޔިތުންގެ ދަތިރައް ހައްލު ނުވެގެން ދިއުމުގެ ޒިންމާ މިނިސްޓަރު ނަންގަވަން ޖެހޭނެތީއާއި އިތުރަށް މަގާމުގައި ހުރެގެން ވެސް މިކަންކަމަށް ހައްލެއް ފެންނާނެ ކަމަށް ނުދެކޭތީވެ، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ މަގާމުން ދިނުން ކަމަށް، މަހިބަދޫ ދާއިރާ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ހައިސިއްޔަތުން ދެކޭތީވެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ ކަމަށެވެ.
ޝައިނީ އިސްތިއުފާ ދެއްވުމަށް މެމްބަރު ތޯރިގް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ