ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނޫގެ ބައެއް މާއްދާތައް އުވާލަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީޕް ކޯޓަށް ހުށައެޅުމުން ކުރީގެ ދެރައީސުން ކަމަށްވާ ރައީސް މައުމޫން އާއި ރައީސް ނަޝީދު ހިތްހަމަ ނުޖެހި ކަންބޮޑުވުން ފާޅު ކުރައްވާއިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ދުސްތޫރީގެ މައްސަލަ އެއް ހުށައެޅި ހަބަރާއެކު ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނޫ ހެދުމާއި ގާނޫނަށް އުނި އިތުރު ގެނައުމާއި ބާތިލް ކުރުމަކީ ގާނޫނު އަސާސީ އިން ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއް ކަމަށެވެ.
ރައީސް މައުމޫންގެ އިތުރުން އެކަމާއި ގުޅިގެން ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދެކޮޅު ނުޖެހޭ ކޯޓު ނިންމުންތަކަށް ރައްޔިތުން އަދި މަޖިލިސް މެންބަރުންވެސް ޖެހިލުން ނުވާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތައް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރާނެ ކަމަށެވެ.
މިއަދު މެންދުރުފަހު 13:00 ގައި ސްޕްރީމް ކޯޓުގައި ދުސްތޫރީގެ މައްސަލައިގެ އަޑުއެހުން ފަށާފައިވާއިރު މި މައްސަލަ ބަލަމުން ގެންދަނީ ފަސް ފަނޑިޔާރުން ހިމެނޭ ފުލް ބެންޗްގައެވެ.
އިމްތިޔާޒު ގާނޫނުގެ ބައެއް މާއްދާތައް އުވާލާތީ ނަޝީދާއި މައުމޫން ހިތްހަމަ ނުޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ