ރާޝިދުގެ ކެމްޕޭނަށް ގާސިމް ކޮމަންޑޫ ދާއިރާއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް އެ ދާރިއާއަށް ވަޑައިގެންފިއެވެ.
އެ ދަތުރުގައި ގާސިމުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ގާސިމް ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އިންތިހާބުގައި ޖޭޕީން އެމްޑީޕީގެ ކެންޑީޑޭޓަށް ތާއީދުކުރަން ނިންމާފައިވާއިރު ދާދި ފަހުން ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ރާޝިދުގެ ކެމްޕޭނަށް ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ޒިޔާރަތްކުރައްވައިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީގެ ވަފުދެއްވެސް ވަނީ ކެމްޕޭނަށް ށ. ފޯކައިދޫއަށް ވަޑައިގެން ހާއްސަ ޖަލްސާއެއް ބާވާފައެވެ. އެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ބައެއް މިނިސްޓަރުން އަދި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އަދާލާތު ޕާޓީންވެސް ތާއީދު ކުރަަނީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ