ކޮވިޑް-19: ހާލު ބޮޑު 3 މީހުން ޑީއެޗް 11 އަށް ބަދަލު ކޮށްފި

ކޮވިޑް ޖެހި ހާލު ބޮޑު ވެފައި ވާ 3 މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަަދަލު ކޮށްފިއެވެ. އެޗްޕީއޭއިން ބުނީ އެ 3 މީހުންނަކީ ޓްރީޓޮޕްގައި ފަރުވާ ހޯދަމުން ދިޔަ 3 މީހުން ކަމަށެވެ.
އެ 3 މީހުން ބަދަލު ކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 އަށެވެ.
އެ 3 މީހުންގެ ހާލު ކްރިޓިކަލް ކަމަށާއި ފަރުވާ ދެމުން ދަނީ ވެންޓިލޭޓުގައި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެމީހުންގެ ހާލަތު ގާތުން ބަލަމުން ދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ހިސާބުތަކަށް ބަލާއިރު 19 މީހަކު ޕޮޒިޓިވް ވެ 36 މީހަކު ބަލިން ވަނީ ރަނގަޅު ވެފައެވެ.
މިއަދު ޓްރީޓޮޕުން 3 މީހުން ދަރުމަވަންތަ އަށް ބަދަލު ކުރި އިރު ސަރުކާރުން މިހާރު ނިންމާފައި ވަނީ ކޮމިޑަށްޓަކައި ޓްރީޓޮޕް ސަރުކާރަށް ނަގާފައި އޮތް އޮތުން ނިމުމަކަށް ގެނެސް މި މަހުގެ ނިޔަލަށް ދޫކޮށްލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ