މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން: ސްޓެލްކޯ

މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުން މިއަދު ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަކައަކާއި ގުޅިގެން ކަމަށާއި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
އެގޮތުން ކަރަންޓު ދިޔަ ސަރަހައްދު ތަކަށް މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީގެ ގަޑިއެއްހާއިރު ކުރިން ފެށިގެން މާލޭގެ އެކި ހިސާބުތަކުން ވަނީ ކަރަންޓު ކަނޑައިގެން ގޮސްފައެވެ. މިކަމާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ