ކްރިމިނަލް ކޯޓުގައި ބަންދާ މެދު ގޮތެއް ނިންމުމުގެ މަސައްކަތާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ކުރެއްވޭނީ އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފަށް އެކަނި ކަމަށް ހަމަޖައްސައިފި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން މި ގޮތަށް ހަމަޖެއްސީ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ކުރިން ކުރަމުން އައީ ވަކި ތާވަލެއްގެ ދަށުން އެކި ގާޒީން ކުރާ ގޮތަށް އޮއްވައެވެ.
މިކަމާ ބެހޭގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
ގާޒީ ބާރީއާ އެ ކޯޓު ހިންގުން ހަވާލުކުރީ ކުރިން އިސްގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު މިދިޔަ ފެބްރުއަރީ މަހު ފެމިލީ ކޯޓަށް ބަދަލުު ކުރުމުންނެވެ.
މުއްދަތު ޖެހުމުގެ މަސައްކަތް ކުރެވޭނީ ހަމައެކަނި ގާޒީ ބާރީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ