ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުވާ އުފުލާފައިވާ ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ މައްޗަށް ކުށް ސާބިތު ކުރުމަށް، ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފި އެވެ.
ދައުލަތުން ވަނީ ނިހާންގެ މައްޗަށް ތިން ދައުވާއެއް އުފުލައިފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޙަ ނޫން ގޮތުގައި ދެއްކުމަށް ޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.
މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމުން، ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ވަކިވަކިން ހެކި ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި ސިއްރު ތިން ހެކިންނާއި، ނިހާންގެ ފޯން ކޯލު ރެކޯޑިންއަކާއި ނިހާން ތަހުގީގަށް ދީފައިވާ ބަޔާނުގެ އިތުރަށް ހަތަރު ފުލުހަކާއި، އެސްއޯގެ އިންޗާޖަކަށް ހުރި ޗީފް އިނިސްޕެކްޓަރ އަހުމަދު މުސްލިމާއި ސެންޓްރަލް އޮޕަރޭޝަންސްގެ ކޮމާންޑަރަކަށް ހުރި ޗީފް ސްޕްރިންޓެންޑެންޓް ހަމްދޫން ރަޝީދާއި، އާއްމުންގެ ދެ މިހެއްގެ އިތުރުން، ކޮމްޕިއުޓަރެއްގެ ފޮރެންސިކް ރިޕޯޓެއް ހުށައަޅައިފައިވާކަން ފާހަގަކޮށްލެވެއެވެ.
އެހެންނަމަވެސް ނިޙާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދަައުވާއިންވެސް ސަލާމަތްވުމަށް ހުށައަޅައިފައިވަނީ އެއް ހެކިތަކެއްކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ޗީފް ސްޕްރިޑިންސް އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު މުސްލިމުގެ އިތުރުން އިތުރު ދެ ފުލުހަކާއި އެމްއެންޑީއެފްގެ ތިން ސްޓާފް ސާޖެންޓަކާއި ސާޖެންޓް އިސްމާއިލް ޝަރީފާއި މުއްދަތު ޖެހި މަޖިލީހުގައި ނިހާން ދިން ބަޔާނުގެ އިތުރަށް ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓެވެ.
ޤާޟީ ނިހާންގެ މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.
ގާޒީ ނިހާނާއި ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ