އަންނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެއްސި ސާކް ސަމިޓް ލަންކާ އަށް ބަދަލުކޮށްފި

އަންނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެއްސި 15 ވަނަ ސާކު ސަމިޓް ލަންކާގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ސާކް ވަޒީރުންގެ ކައުންސިލުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބައްދަލުކުރެއްވުމަށް ފަހު މި ގޮތަށް ނިންމައިފައި ވަނީ ރާއްޖޭގައި އަންނަ އަހަރު މުހިންމު އެހެން ކަންތައްތައް ހިންގަން ހަމަޖައްސައިފައިވާތީ އެވެ.
ސާކްގެ ސަމިޓް ރާއްޖޭގައި ނުބާއްވާ ގޮތަށް ނިންމުމުން ސްރީ ލަންކާ އިން ވަނީ ސަމިޓް ބާއްވަން ހުށަހަޅައިފަ އެވެ. އަދި އެ ހުށަހެޅުމަށް ވަޒީރުންގެ ކައުންސިލުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ސާކްގެ ހުރިހާ ގައުމަކުން ބައިވެރިވި ބައްދަލުވުމުގައި، މިހާރު ހަމަޖައްސައިފައި ވަނީ 2009 ވަނަ އަހަރު ރާއްޖޭގައި ސާކް ސަމިޓް ބޭއްވުމަށެވެ.
ރާއްޖޭގައި ސާކް ސަމިޓް ނުބާއްވާ ގޮތަށް ނިންމައިފައިވާއިރު މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވަނީ ސަމިޓް ރާއްޖޭގައި ބޭއްވެވުމަށް ތައްޔާރުވުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށް ވަޒީރުންގެ ކޮމިޓީއެއް ހޮއްވަވައިފަ އެވެ. އަދި މި ކޮމިޓީން ނިންމަވާ ކަންތައްތައް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ