އުއްތަމަ ފަނޑިޔާރުގެ ނަމުގައި ބޭނުންކުރަނީ ފޭކް ޓްވިޓާ އެކައުންޓެއް: ސުޕްރީމް ކޯޓް

އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަޙްމަދު ފާއިޒު ޙުސައިންގެ ނަމުގައި ހުޅުވާފައިވާ ޓުވިޓާ އެކައުންޓަކީ ފޭކް ޓްވިޓާ އެކައުންޓެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
އެކޯޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރުގެ ނަމުގައި ހުޅުވާފައިވާ ޓްވިޓާ އެކައުންޓަކީ ސައްހަ ޓްވިޓާ އެކައުންޓެއް ނޫން ކަމަށެވެ.
ޗީފް ޖަސްޓިސް އެމްވީގެ ނަމުގައި ޓްވިޓާގައި ހުޅުވާފައިވާ ފޭކް އެކައުންޓުން މިހާތަނަށް ފަސް ޓްވީޓެއް ކުރައްވާފައިރު މިހާތަނަށް 16 މީހަކު ވަނީ ފޮލޯކޮށްފައެވެ.
އެ އެކައުންޓުން އާންމުކޮށް ފޮލޯ ކޮށްފައިހުރީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ފުލުހުންގެ އިސް އޮފިސަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ