ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް ގާސިމް

ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހޮވައިފި އެވެ.
ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރަކަށް ގާސިމް ހޮވިފައި ވަނީ 12 މެމްބަރުން ވޯޓް ދެއްވައިގެނެވެ. މިއީ އެމަނިކުފާނު އެ ކޮމެޓީގެ މުގައްރިރުކަން ޖެހިޖެހިގެން ކުރައްވާތާ ހަތަރު ވަނަ އަހަރެވެ.
ކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮވީ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމެވެ. ކޮމެޓީގެ މުގައްރިރު ކަމަށް ގާސިމް ހޮވީ މުގައްރިރަކު ހޮވުމުގެ މައްސަލައިގައި ކޮމެޓީގައި ކުރި ބަހުސްތައް ހޫނުވުމަށްފަހު ބައްދަލުވުން މެދު ކަނޑާލާފައި އަލުން ފަށައިގެނެވެ.
ބަޖެޓް ކޮމެޓީގެ މުގައްރިރު ކަމަށް ހޮވަން ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ ނަން ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ދެބޭފުޅުންނަށް ވޯޓްގެ އަޣުލަބިއްޔަތު ލިބިވަޑައެއް ނުގެންނެވި އެވެ. ހަމްޒާއަށް 10 ވޯޓު ލިބިވަޑައިގެންނެވިއިރު، ނާޒިމަށް ލިބިވަޑައިގެންނެވީ 11 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ