ޔަހޫދީ ޕީއާރު ފާމެއް ކުއްޔަށް ހިފުމާއި ދެކޮޅުކަމަށް މެމްބަރު ރޮޒެއިނާ ވިދާޅުވެއްޖެ.

ރާއްޖޭގެ މޫނުމަތި ބޭރު ދުނިޔޭގައި ރީތި ކުރުމަށް ޕަބްލިކް ރިލޭޝަން ކުންފުންޏެއް ހިފުމުގައި ޔަހޫދީ ޕީއާރު ކުންފުންޏެއް ހިފުމަކީ ތާޢީދުކުރައްވާކަމެއް ނޫންކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ޢާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާގެ އަމިއްލަފުޅު ޓްވިޓަރ އެކައުންޓުގައި މިހެން ވިދާޅުވެފައި މިވަނީ ބޭރުދުނިޔޭގައި ރާއްޖޭގެ މޫނުމަތި ރީތިކުރުމަށް ޔަހޫދީ މަހުޖަނެއްކަމަށްވާ ޑޭވިޑް ފިންގެ "ރަޑަރ ފިން އިން" ދިވެހި ސަރުކާރުން ކުއްޔަށް ހިފާއިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި ވަނިކޮށެވެ.
ރޮޒައިނާގެ ޓްވިޓަރ އެކައުންޓްގައި ވިދާޅުވެފައިވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށްވެސް އަދި ޔަހޫދީ ޕީއާރު ކުންފުންޏެއް ކުއްޔަން ހިފުމަށްވެސް ތާއީދު ނުކުރާކަމަށެވެ.
ދިވެހި ސަރުކާރުން ކުއްޔަށް ހިފާފައިވާ "ރަޑަރ ފިން އިން" ނަމަކަށްކިޔާ ޕީއާރު ކުންފުންޏަކީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އިސްލާމް ދީނާ ދެކޮޅަށް ޔަހޫދީން 2008 ވަނަ އަހަރު ނެރުނު ފިލްމު "ފިތްނަ" މުޅި ދުނިޔޭގައި ޕްރަމޯޓްކޮށް އަދި އިސްރާޢީލްގެ ޤައުމީ އެއަރލައިން ޕްރަމޯޓް ކުރި ކުންފުނިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ