ދެވަނަ ބުރު ސުޕްރީމް ކޯޓުން ހުއްޓުވާނެ ކަމަކަށް ނުފެނޭ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓް ބާތިލުކުރަން ސުޕްރީމް ކޯޓުން ނިންމާނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށްފަހު ޖަލްސާތައް މެދު ކަނޑައިލި ހިސާބުން އެމްޑީޕީގެ އޮފީހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ ސުޕްރީމް ކޯޓްގައި އޮތް މައްސަލައިގައި އިންތިހާބުގެ ވޯޓް ބާތިލު ކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި ކަންބޮޑުވުންތައް އޮތީ އެހެން ގޮތަކަށް ކަމަށެވެ.
މޫސާ މަނިކު ވިދާޅުވީ ޖޭޕީން ސުޕްރީމް ކޯޓަށް ބަޔަކު ހުށައަޅައިގެން އުޅޭ މައްސަލައަކީ އެކަށީގެންވާ ހެކި ހުރި މައްސަލައެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުން އެ މައްސަލައާ ގުޅިގެން އިންތިހާބުގެ ދެވަނަ ބުރު ފަސް ނުކުރާނެ ކަމަށެވެ.
"ވެގެން އުޅޭ ގޮތަކީ ދައުލަތް ހިންގުމާ ހަވާލުވެ ތިބި މީހުންނަށް އިތުބާރު ނުކުރެވުން. އަޅުގަނޑުމެންނަށް ވެގެން މިއުޅޭ ގޮތަކީ މިދައުލަތް ހިންގުމާ ހަވާލުވެ ތިބި މީހުންނާ ދޭތެރޭގައި އިތުބާރު ނެތީ. އަޅުގަނޑުމެން އިތުބާރެއް ނުކުރަން، " މޫސަ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ