މަރުވެފައިވާ ދެ މީހެއްގެ ނަމުގައި ކެފޭއަކަށް ހުއްދައަށް އެދުނު މައްސަލަ ފުލުހަށް

މީގެ އަހަރުތަކެއް ކުރިން މަރުވި ދެ މީހެއްގެ ނަމުގައި ކެފޭއެއް ހިންގުމުގެ ހުއްދައަށް އެދުނު މައްސަލަ ތަހުގީގުކުރަން ޕޮލިހަށް ހުށަހަޅައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ މއ. ވާދޫގޭގެ ގްރައުންޑް ފްލޯގައި ކެފޭއެއް ހެދުމަށް ހައްވާ މުހައްމަދާއި އޭނާގެ ދަރި އިބްރާހިމް ރަޝީދުގެ ނަމުގައި ހުއްދަ އަށް އެދިފައިވާ ކަމަށެވެ. ބެލި ބެލުމުން އެއީ މީގެ އަހަރުތަކެއް ކުރިން މަރުވެފައިވާ ދެމީހުންކަން އެނގުމުން، ކެފޭ ހިންގުމަށް ދިން ހުއްދަ ބާތިލްކޮށްފައިވާ ކަމަށް ބުންޏެވެ.
"މާލެ ޓައުން ކެފޭ"ގެ ނަމުގައި އެތަން ހިންގުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުއްދަ ބާތިލްކޮށްފަ އެވެ.
Libunu report akaai gulhigen mi idhaaraain beli belumugai, niyaavefaivaa 02 faraathehge namugai application eh hushahelhumahfahu, nagaafaivaa huhdha eh kan engen othumun, ehuhdha baathilkoh mahsala thahugeegu kohdhinumah edhi @PoliceMv ah vany hushahelhifai. pic.twitter.com/P6rOo2ncTY— Male' City Council (@MaleCitymv) October 26, 2019
"ލިބުނު ރިޕޯޓަކާ ގުޅިގެން މި އިދާރާއިން ބެލި ބެލުމުގައި، ނިޔާވެފައިވާ ދެ ފަރާތެއްގެ ނަމުގައި އެޕްލިކޭޝަނެއް ހުށަހެޅުމަށްފަހު ނަގާފައިވާ ހުއްދައެއްކަން އެނގެން އޮތުމުން، އެ ހުއްދަ ބާތިލްކޮށް މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޕޮލިހަށް ވާނީ ހުށަހެޅިފައި،" ސިޓީ ކައުންސިލްގެ ޓްވީޓުގައި ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ގޭގެ ގްރައުންޑް ފްލޯގައި ކެފޭއެއް ހިންގަން ފަށާފައިވަނީ، އިބްރާހިމް ރަޝީދު މަރުވިއިރު ދުނިޔޭގައި ހުރި އޭނާގެ ހަމައެކަނި ފިރިހެން ދަރި އަށް ނޭނގި އެވެ. އަދި ތަރިކައިގެ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ