ދީބާޖާ މައްސަަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފި

ދީބާޖާ މައްސަަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފި އެވެ.
Advertisement
ބަންޑާރަނައިބުގެ އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި މެދު އާންމުންގެ ކަންބޮޑުވުން އެބައޮތްކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާތީ، ރައްޔިތުންގެ މަސްލަހަތައް ރިއާޔަތްކުރުމަށް ފަހު އެ މައްސަލަ އަލުން ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތު ދެއެވެ. ދިބާޖާ އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ރައީސްގެ އެދުމަށް ރިވިއު ކުރުމަށް ނިންމާފައިވާކަން ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފައިވާއިރު، އެ މައްސަލައިގައި ފައިސާގެ އަދަދަށް ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މީގެ ކުރިން ބަންޑާރަނައިބު ރިއްފަތު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ