ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރައްވަން ނަންފޮނުވި ފާއިޒުގެ މައްސަލައެއް ޖޭއެސްސީއިން ބަލަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ނަން ފޮނުއްވި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުގެ މައްސަލަތަކެއް ބަލަން ޖޭއެސްސީއިން ނިންމައިފިއެވެ.މިގޮތުން ޖޭއެސްސީ އިން ނިންމާފައިވަނީ ފަނޑިޔާރު ކަމުގައި ފާއިޒު ހުންނެވި ދުވަސްވަރު ސުޕްރީމް ކޯޓުގެ އިހުތިސާސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސްތަކުގެ ތެރެއަށް ވަދެ ސުޕްރީމް ކޯޓުން މައްސަލަތައް ނިންމާފައިވާތީ އެކަމުގައި ފާއިޒުވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށް ބެލެވޭތީ ކަމަށް ޖޭއެސްސީ އިން އާންމު ކުރި ބަޔާނެއްގައިވެއެވެ. އަދި އެފަދަ އެހެން މައްސަލަތަކުގައި ބައިވެރިވި ފަނޑިޔާރުންނާއި މެދު ފިޔަވަޅު އެޅިފައިވާ އިރު، ފާއިޒު ވެސް އެ ފަދަ ކަންކަމުގައި ބައިވެރިވެވަޑައިގެންފައިވޭ ތޯ ބަލައި، އަދި ބައިވެރިވެވަޑައިގެންފައިވާނަމަ ބައިވެރިވެވަޑައިގަތުން އޮތީ ކޮން މިންވަރަކަށްތޯ ބެލުމަށްފަހު، ސުޕްރީމް ކޯޓަށް ފާއިޒު އައްޔަން ކުރެއްވުމުގައި ރައީސަށް މަޝްވަރާ ދޭން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. ފާއިޒު އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ މަޤާމުން ރައީސް ޔާމީންގެ ވެރިކަމުގައި ފާއިޒު ވަނީ ވަކިކުރެވިފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ