ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމްގެ ކޮއްކޮ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި

ރައްޔިތުން މަޖްލީހުގެ ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އިލްހާމް އަހްމަދުގެ ކޮއްކޮ އަދި އިކޮނޮމިކް މިނިސްޓްރީގެ ނައިބް އާދަމް ޛާލިފް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.
އާދަމް ޛާލިފް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މިވަގުތު ރާއްޖެގައި އެންމެ ކުރި އަރަމުން އަންނަ ޕާޓީ އަކީ ޖުމްހޫރީ ޕާޓީއަށްވާތީ ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތީ އެ ޕާޓީގައި ހުރެގެން ގައުމަށް ހިދްމަތް ތަކެއް ކޮށްދެއްވަން ބޭނުން ފުޅުވާތީ ކަމަށް ވެސް ޛާލިފް ވިދާޅުވި އެވެ.
ޛާލިފް ޖުމްހޫރީ ޕާޓިއަށް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ ޛާލިފްމެން ފަދަ ކިޔަވައިގެން ތިބި ޒުވާނުން ޖުމްހޫރި ޕާޓީއާ ގުޅެ މުންދާތި ވަރަށް އުފާވާ ކަމަށާއި ޒުވާނުންގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި ޕާޓީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ފަހަކަށްއައިސް ގިނަ ޒުވާނުން ޖުމްހޫރީ ޕާޓީއާއި ގުޅެމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިއްޔެ ހއ ވަށަފަރުގެ ޒުވާނުންގެ ގްރޫޕެއް ޖުމްހޫރީ ޕާޓީއަށް ސޮއިކުރިއިރު ދާދި ފަހުން ވިލިމާލޭ ޒުވާނުންތަކެއް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ