ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނިޒާރުގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުގެ އޮފީހުގެ ބިއްލޫރިގަނޑު ރޭ ތަޅާލައިފިއެވެ.
ފުލުހުން ވިދާޅުވީ، ވަނީ މިއަދު ހެނދުނު 6:50 ގައި އެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ ކަމަށް ބުނެ އާންމުންގެ ފަރާތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ މިހާރު ތަހުޤީޤުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް މީޑިޔާތަކަށް މަޢުލޫމާތުދެއްވަމުން ނިޒާރު ވިދާޅުވީ، މީގެ ކުރިން ވެސް އޭނާގެ ފިހާރަ ރޯކޮށްލަން ބަޔަކު މަސައްކަތް ކުރިކަމަށެވެ. މި ހުރިހާ ކަމެއް ކުރަމުން މިގެންދަނީ ސީދާ އޭނާއަށް ޓާގެޓް ކޮށްގެން ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ނިޒާރުއަކީ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތުގައި ގަވައިދުން ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ