އިންޑޮނޭޝިއާގެ ބާލޭ ގައި ކުރިއަށް ދިޔަ ތިން ދުވަހުގެ ޖަލްސަ ގައި ތަގުރީރު ކުރެއްވުމަށް ފަހު ކުރީގެ ރައީސް އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ދާދި ދެންމެ އަކު މާލެ ވަޑައިގެންފިއެވެ.
މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެމަނިކުފާނު ތަގުރީރު ކުރެއްވި ޖަލްސާ ވަރަށް ކާމިޔާބު ކަމަށެވެ.
101 ގައުމަކުން 900 ޒުވާނުން ބައިވެރިވި މި ޖަލްސާގައި ހަކަތަ އުފެއްފުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ވަނީ މަޝްވަރާކޮށްފައެވެ. އެކި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު އަމާޒު ކުރެއްވީ ރާއްޖޭގެ ތިމާވެއްޓަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ފަސްގަނޑު ތިރި ކަމާއި އަޅުގަނޑުމެންގެ ވަސީލަތްތައް މަދު ކަމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ ވާހަކަ ދެކެވުނު،" ރައީސް މައުމުން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ޖަލްސާގެ މަގުސަދަކީ ޒުވާނުން ތިމާވެއްޓާ ގުޅުން ހުރި ކަންކަމުގެ ތެރެއަށް ވައްދައި އެމީހުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށްވާއިރު އެމަގުސަދު ހާސިލް ވި ކަމަށެވެ. އެގޮތުން ވަރަށް ގިނަ ޒުވާނުން ތިމާވެއްޓާ ގުޅޭ މައްސަލަތަކުގައި ޝައުގުވެރިކަން ފާޅު ކުއި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޒުވާނުން ވަރަށް ޝައުގުވެރިކަން އެބަހުރި، ޖަލްސާގައި ވާހަކަ ދެއްކި އެންމެންވެސް ވަރަށް ބޮޑަށް މިކަމުގެ ތެރެއަށް ވަންނަން ބޭނުންވެ ބޮޑު ޝައުގުވެރިކަމެއް އުފައްދާފަ އެބައޮތް،" އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އިންޑޮނޭޝައާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ