ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓެއް އޮތް ފަރާތެއްނަމަ ބޮންޑް ދައްކަން ނުޖެހި އެމެރިކާ އަށް އެތެރެވެވޭ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ކޮންސިއުލާ އެފެއާޒް މޯރާ ނަމްދާރު ވިދާޅުވީ މިކަމަށްޓަކައި މިހާރު ފީފާ ފާސް ސިސްޓަމް ތައާރަފް ކޮށްފައިވާނެ ކަމަށެވެ.
"އެމެރިކާއިން ވަރަށް ބޮޑަށް މި ވަނީ އެންމެ ބޮޑު ވޯލްޑް ކަޕް ކާމިޔާބު ކަމާއެކު ބާއްވަން އަޒުމް ކަނޑައަޅާފައި. އަހަރުމެން މިވަނީ ކޮލިފައިވެފައިވާ ގައުމުތަކުގެ މީހުންގެ ތެރެއިން ޓިކެޓް ގަނެފައިވާ މީހުންނަށް ބޮންޑް ނުދައްކައި އެތެރެވެވޭނެ ގޮތް ހަދާފައި،" މޯރާ ވިދާޅުވި އެވެ.
އެމެރިކާގެ އިމިގްރޭޝަން ގަވާއިދުތައް ބުނާ ގޮތުން އެ ގައުމަށް އެތެރެވާން ބައެއް ގައުމުތަކުގެ މީހުން 5000 ޑޮލަރައި 15000 ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ބަހައްޓަން ޖެހޭނެ އެވެ. ހާއްސަކޮށް އެފްރިކާގެ ގައުމުތަކެވެ. ނަމަވެސް މިކަމާ މެދު ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޓިކެޓް ގަނެފައިވާ ފަރާތްތައް އެމެރިކާ އަށް އެތެރެވެވުނަސް ބައެއް ސަރަހައްދުތަކުގައި އިމިގްރޭޝަން ގާނޫނާ އެއްގޮތަށް މީހުން އެތެރެވެފައިވާކަން ކަށަވަރު ކުރުމަށް ޗެކް ޕޮއިންޓްތަކުން ޗެކް ކުރަމުންގެންދާނެ އެވެ.
އެމެރިކާ އަށް އެތެރެވުމުގައި ބައެއް ގައުމުތަކުގެ މީހުން ސޯޝަލް މީޑިއާގެ ހަރަކާތްތައް ވެސް ބަލާފައި ނޫނީ ވިސާ ނުދޭން ވަނީ ނިންމާފަ އެވެ. މިކަންކަމާ ގުޅިގެން އެމެރިކާ އަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ބައެއް ގައުމުތަކުން ވަނީ ގޮވާލައިފަ އެވެ.
އަންނަ މަހު އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 48 ގައުމު ކުޅޭނެ އެވެ. މިއީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ނަމަވެސް މި މުބާރާތް ކާމިޔާބުކަމާއެކު ބާއްވަން އެންމެ ބޮޑަށް ދަތިވެފައިވަނީ އެމެރިކާގެ ގާނޫނުތަކާއި ހަރުކަށި ގަވާއިދުތަކެވެ.
ވޯލްޑް ކަޕް ޓިކެޓް އޮތް މީހަކު ބޮންޑް ދައްކަން ނުޖެހި އެމެރިކާ އަށް އެތެރެކޮށްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ