މެމްބަރު ނާޒިމްގެ ފަރާތުން ދާއިރާގެ ކޮންމެ ގެޔަކަށް ބިސް ކޭހަކާއި އަލުވި ބަސްތާއެއް

ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ދާއިރާގެ ހުރިހާ ގެޔަކަށް ރޯދަ ހަދިޔާ ބައްސަވައިފި އެވެ.
ރަމަޟާން މަހާއި ގުޅިގެން މެމްބަރު ނާޒިމްގެ ފަރާތުން އދ. ދަނގެތި ދާއިރާގެ ކޮންމެ ގޭބިސީއަކަށް، ރޯދަ ހަދިޔާއެއްގެ ގޮތުން ވަނީ ބިސް ކޭހަކާއި އަލުވި ބަސްތާއެއް ހަދިޔާކުރައްވާފަ އެވެ.
މިކަމާއި ގުޅިގެން އެ ދާއިރާގެ ގިނަ ބަޔަކު ދަނީ ނާޒިމަށް ޝުކުރު އަދާކޮށް، ރޯދަމަހުގެ ތަހުނިޔާ ފޮނުވަމުންނެވެ.
ނާޒިމްގެ އިތުރުން ވެސް ބައެއް މެމްބަރުން ވަނީ އެ މެމްބަރުން ނިސްބަތްވާ ދާއިރާއަށް ރޯދަ ހަދިޔާ ބައްސަވާފައެވެ. ހަމައެހެންމެ ރާއްޖޭ ގިނަ ކައުންސިލްތަކުން ވެސް ވަނީ ރަށްރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަކެތި ބަހާފައެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމައެވެ. ހަނދު ސާބިތު ކުރުމުގެ ބައްދަލުވުން ރާއްޖޭގައި ބާއްވާފައި ވަނީ ރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ