އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
ރާއްޖެ އިން ވެސް ކޮވިޑް-19 ފެނިފައިވާތީއާ އެކު، ގިނަ ބަޔަކު ދަނީ އިންތިޚާބު ފަސްކުރަން ގޮވައިލަމުންނެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ވެސް ރައީސްކަން ކުރައްވާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑުން ދިވެހިން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަހުގެ ތާރީޚަކަށް އިންތިޚާބު ފަސްކުރަންޖެހޭ ކަމަށެވެ.
އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްއާރުއެމުން 16 ކެންޑިޑޭޓަކު ވާދަކުރެ އެވެ.
ޕާޓީތަކުގެ ކެމްޕެއިން ޖަލްސާތަކާއި ދަތުރުތައް މި ވަގުތަށް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.
ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ. އެހެންކަމުން އެއް ބައެއްގެ ނަޒަރުގައި އަންނަ މަހު އިންތިޚާބު ނުބޭއްވިޔަސް ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން އިންތިޚާބަށް ފުރުސަތު ލިބިދާނެ އެވެ
ދެން އޮންނާނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ވަގުތީ ހައްލެއް ހޯދުމެވެ. އެ ފުރުސަތު ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީ އަށް އޮތީ، ސުޕަ މެޖޯރިޓީއާ އެކު ފުރިހަމަ އަށް ހުޅުވިފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބް ފަސްކުރުށް މައުމޫން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ