ގާޒީ އާދަމް އާރިފްގެ އިތުރު މައްސަލައެއް ބަލަން ފަށައިފި
ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުގެ ގާނޫނުގެ 22ވަނަ މާއްދާގެ ދަށުން މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމެޓީން މައްސަލަ ބެލުމަށްފަހު، ޖޭއެސްސީގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮމެޓީން ބަލަން ނިންމާފައިވާ މައްސަލައެއްގެ ތަހުގީގު ކޮމެޓީ އެކުލަވާލި ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގައިވެސް އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. އެ ކޮމިޝަނުން އަންނަނީ ގިނަ އަދަދެއްގެ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ