ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ފޯމު ހުށަހެޅި މީހެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށް އަލުން އޭނާގެ ކެންޑިޑަސީ ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
އިލެކްޝަނުން ކެންޑިޑަސީ ބަލައި ނުގަތުމަށް ނިންމީ ހއ. އިހަވަންދޫ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލި އެ ރަށު ސަލްސަބީލުގެ، އަބްދުﷲ ހަލީލް ނަމަކަށް ކިޔާ މީހެއްގެއެވެ. އޭނާގެ ކެންޑިޑަސީ ބަލައި ނުގަތުމަށް އިލެކްޝަނުން ނިންމީ އޭނާގެ ސާބިތު ދަރަންޏެއް އޮތުމުންނާއި އަދި އެ ދަރަނި އަދާކުރަމުން ނުދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ދޫކުރި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފު ކުރުން" ލިޔުމުގައި އޮތުމުން ކަމަށް އިލެކްޝަނުން ބުނެއެވެ.
އެހެންނަމަވެސް އިހަވަންދޫ ކޯޓުން ބުނެފައިވަނީ އެ ގޮތަށް ފޯމުގައި ލިޔެވިފައި ވަނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށެވެ. އަދި އެ ފައިސާ އޭނާ ދައްކާފައިވާ ކަމަށާއި އެފައިސާ އިހަވަންދޫ ކޯޓުން ބަލައިގެންފައިވާކަން އެ ކޯޓުން ދޫކޮށްފައިވާ ފައިސާ ބަލައިގެން ކަމުގެ ރަސީދުން އެނގެން އެބަ އޮތް ކަމަށްވެސް އެކޯޓުން ބުންޏެވެ. އަދި ބުނީ އެކަން މެސެޖަކުން ކްރިމިނަލް ކޯޓަށް އަންގާ އޭނާގެ ކުށުގެ ރެކޯޑު އިސްލާހުކޮށްފައިވާ ކަމަށެވެ.
ކެންޑިޑަސީ ބަލައި ނުގަތުމަށް އީސީން ނިންމި ނިމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ