ވަންދޫ ސްކޫލް ދަރިވަރުންނަށްޓަކާ ބެލެނިވެރިންގެ ޚާއްޞަ ހަރަކާތެއް

ތ.ވަންދޫ ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ބޭއްވި ކާބޯތަކެތީގެ މަޢުރަޒުން ސާޅީސް ދެހާހަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
މި ޙަރަކާތަކީ އެސްކޫލްގެ ކްލާސްރޫމްތައް ޒީނަތްތެރިކުރުމާއި ސްކޫލް ގޯތިތެރެ، ދަރިވަރުންނަށް ކިޔެވުމަށް ފަހި ވެއްޓަކަށް ހެދުމަށް ފައިސާ ހޯދުމުގެ ގޮތުން އެސްކޫލްގެ ޕީޓީއޭއިން އިންތިޒާމްކޮށްގެން ސްކޫލްގެ ބެލެނިވެރިން ބޭއްވި ޙަރަކާތެކެވެ. އިއްޔެ ހަވީރު ވަންދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި މި މަޢުރަޒުގައި މުޅިންވެސް ހިމަނާފައިވަނީ ދިވެހި ވަންތަ އަމިއްލަ އުފެއްދުންތަކެވެ. މީގެއިތުރުން ރާއްޖޭގައި ހައްދާ މޭވާއާއި ތަރުކާރީވެސް ހިމެނެއެވެ.
img:http://s3.psmnews.mv/images/660x400/14910790557898.jpg|ވަންދޫ ސްކޫލްގެ ޕީޓީއޭއިން ބޭއްވި މައުރަޒުގެ ތެރެއިން-
މި މަޢުރަޒަށް ރަށުގެ ރައްޔިތުންގެ ފަރާތުންނާއި ކައިރި ރަށްރަށުން ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް ވަންދޫ ސްކޫލްގެ ޕީޓީއޭއިން ބުނެއެވެ. ވަންދޫ ސްކޫލްގެ ބެލެނިވެރިން އިސްނަގައިން އެސްކޫލުގެ ކްލާސްރޫމްތައް ޑިޖިޓަލައިޒްކުރުމަށް ފައިސާ ހޯދުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް ސްކޫލްގެ ޕީޓީއޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ