ޕެންޝަން ކުއިޒްގެ ޗެމްޕިއަންކަން އަޙްމަދިއްޔާ ސްކޫލް ހޯދައިފި

އިންޓަރސްކޫލް ޕެންޝަން ކުއިޒް މުބާރާތުގެ ޗެމްޕިއަންކަން އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލް ހޯދައިފިއެވެ.
އަޙްމަދިއްޔާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މުޙުޔިއްދީން ސްކޫލާ ވާދަކޮށްގެންނެވެ. މި މުބާރާތުން އެންމެ ގިނަ މާކްސް ހޯދި ދަރިވަރަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޢާއިޝަތު ހަނާން ޙަލީމެވެ. މި މުބާރާތުން ވަނަވަނަ ހޯދި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލެވެ. ޕެންޝަން އޮފީހުން އިންތިޒާމްކުރެއްވި މި ކުއިޒް މުބާރާތުގައި 8 ސްކޫލަކުން ވާދަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ