އައިޓީ ދާއިރާގެ ތަޖުރިބާކާރުންނާ އިބޫ ބައްދަލުކުރައްވައިފި

އައިޓީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރައްވައިފިއެވެ.
އަންގާރަ ދުވަހު ކުރިއަށްދިޔަ ބައްދަލުވުމުގައި އިބޫ ވަނީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދޭނެ ގޮތްތަކާގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި އެދާއިރާ ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު އޮޅުންފިލުވާފައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގައި މަސައްކަތްކުރާ ގާތްގަނޑަކަށް 15 ވަރަކަށް ތަޖުރިބާކާރުން ބައިވެރިވެފައިވެއެވެ.
އައިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކުރައްވާފައިވާ އިރު އިބޫ އަންނަނީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކޮށް އެދާއިރާތަކުގެ ކަންބޮޑުވުންތައް އޮޅުން ފިލުވަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ