އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި އަޅުއްވަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް ޖޭޕީއަށް ސޮއިކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކުރަންޖެހެނީ ހަމައެކަނި ސިޔާސީ މަސައްކަތް ނޫން ކަމަށާއި އިޖުތިމާއީ، އިގުތިސާދީ ކަންކަން ވެސް ކުރަންޖެހޭ ކަމަށެވެ. ޕާޓީތައް އުފައްދަނީ ގައުމެއް ކުރިއަށް ގެންދިއުމަށް ވާދަވެރި މާހައުލެއް އުފެއްދުމުގެ މަގުސަދުގައި ކަމަށެވެ. އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށާއި 2008 ގައި ވުޖޫދުވި ފެހި ގާނޫނުއަސާސީއާއެކު، ރައްޔިތުންގެ ޚިޔާލާތާއި ފިކުރަށް ތަނަވަސްކަން އައިސް، މިނިވަންކަން ލިބިގެންގޮސްފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ޕާޓީ ސިސްޓަމް އުފެދިގެންއައި ފަހުން ގައުމަށް އެކި ސިފަސިފައިގައި ވަނީ ކުރިއެރުން ލިބިފައި ކަމަށެވެ. ގައުމު ދަނީ ކުރިއަށް ކަމަށާއި ތައުލީމީ ހާލަތާއި، ސިއްހީ ހާލަތާއި، އިދާރީގޮތުންނާއި، ރައްޔިތުންގެ ތަނަވަސްކަމުގެ ގޮތުންވެސް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިއާއެކުއެކީގައި ނޭދެވޭ ކަންކަން ވެސް ފެންނަމުންދާ ކަމާއި، އިސްލާމްދީނާއި ކީރިތި ޤުރްއާނާއި ރަސޫލާއަށް ޖޯކުޖެހި މައްސަލަ ސޯޝަލް މީޑިއާގައި ގުގުމާފައިވާކަން ފާހަގަކުރެއްވިއެވެ.
ދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ރައީސް ނުދެއްވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ