މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ ވައިޓް އެލާޓެއް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއެލާޓް ނެރިފައި ވަނީ މ. އަތޮޅުން ފެށިގެން ހއ. އަތޮޅާ ހަމައަށެވެ. އަދި މިއެލާޓް ނެރިފައި ވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު ފަހު 2:30ގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 10:00 އިންް މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާގޮތައް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ވިލާގަނޑުގައި ގަޑިއަކު ގާތް ގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވަ ކަމަށާއި
ކަނޑުުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ. އަދި ކަނޑު ދަތުރުކުރައްވާ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ